
ޕެންޝަން އޮފީހަށް އާ ސީ.އެފް.އޯ އެއް ހޯދަނީ
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމުގެ އަޑުތައް ފެތުރިފައިވަނިކޮށް ޕެންޝަން އޮފީހުގެ އޭރުގެ ޗީފް ފައިނޭޝަލް އޮފިސަރ ހައްވާ ފަޖުވާ އިސްތިއުފާ ދެއްވިފަހުން އެމަޤާމު ހުސްކޮށް އޮތުމަށްފަހު، އެމަޤާމަށް މީހަކު ހޯދުމަށް ޕެންޝަން އޮފީހުން އަނެއްކާވެސް އިއުލާންކޮށްފިއެވެ. މީގެ ކުރިން ޑިސެމްބަރު މަހުގެ މެދުތެރޭގައިވެސް ޕެންޝަން އޮފީހުން ސީ.އެފް.އޯ އެއް ހޯދުމަށް އިއުލާންކުރިއެވެ. އެހެންނަަވެސް އަނެއްކާވެސް އަލުން މިވަނީ އިއުލާންކޮށްފައެވެ. ޕެންޝަން އޮފީހުން ކޮށްފައިވާ އިއުލާނުގައި ވަނީ ސީ.އެފް.އޯގެ ވަޒީފާއަށް ފުރަތަމަ ހަމަޖެއްސޭނީ އެއް



