ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން އެ ގައުމުގައި ތިން މަސް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފިއެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ބުނީ، އެ ގައުމުގައި ބިންހެލުމާ ގުޅިގެން އެންމެ ބޮޑަށް ގެއްލުން ލިބުނު 10 ޕްރޮވިންސަކަށް ތިން މަސް ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރާ ކަމަށެވެ.
މި ބިންހެލުމާ ގުޅިގެން ތުރުކީން މިހާތަނަށް 3،549 މީހުން މަރުވެފައިވާއިރު، ސީރިއާއިން މަރުވި މީހުންނާއެކު ބިންހެލުމުން މަރުވި މީހުންގެ އަދަދު 5،000 އަށްވުރެ މައްޗަށް ވަނީ އަރާފައެވެ.
Post Views: 119