ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދެއްވަންޖެހޭ: ނައިބްރައީސް ފައިސަލް

239437_b7ec2571-f_-2048x1363

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުއަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށް ނައިބްރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބްރައީސް ކުރެއްވި ޓުވީޓެއްގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްކަން ރައީސް ސޯލިހުއަށް އެރުވުމުން އެކަމަށް ވަނީ މަރުހަބާ ވިދާޅުވާ ކަމަށާއި، އަދި ދިވެހި ގައުމަށް ހަމަޖެހުމާއި، އިތުރު ކުރިއެރުން ގެންނަން ރައީސް ސޯލިހުއަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭ ކަމަށެވެ.

ނައިބްރައީސް ވަނީ ދާދި ފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި އެމަނިކުފާނު ގަބޫލުކުރާ ގޮތުގައި މި ގައުމުގެ އެންމެ ރަނގަޅު ޗޮއިސްއެއްގެ ގޮތުގައި އަދިވެސް އޮތީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އިންތިހާބު ކުރެއްވުން ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *