އައިލޭންޑް އެވިއޭޝަން މުވައްޒަފުންގެ މުސާރަށް ހެޔޮބަދަލެއް ގެންނަނީ

279351_04b018bc-5_

އަންނަ މާޗު މަހުން ފެށިގެން އައިލޭންޑް އެވިއޭޝަން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެެ ކަމަށް އައިލޭންޑް އެވިއޭޝަން އިން ބުނެފިއެވެ.

އައިލޭންޑް އެވިއޭޝަންގެ ސްޓާފް ނައިޓުގައި އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ، އަންނަ މާޗު މަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށާއި، މުވައްޒަފުންގެ ޓިކެޓަށް ނަގަމުން އައި ފިއުލް ޗާޖްވެސް މާޗުން ފެށިގެން ކަނޑާލާނެ ކަމަށެވެ.

މިގޮތުން މި ބަދަލާއެކު މުވްައްޒަފުން ޕެންޝަނަށް ރައްކާކުރާ މިންވަރުވެސް އިތުރުވެގެންދާނެ ކަމަށާއި، މި ހުރިހާ ބަދަލެއް އެ ކުންފުނިން ގެންނަމުންދަނީ މުވައްޒަފުންނަށް ރަނގަޅު ގޮތް ހޯދައިދިނުމަށް ކަމަށްވެސް މިހާދު ވިދާޅުވިއެވެ.

މީގެއިތުރުން މިހާދު ވިދާޅުވީ، ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ކުޑަކުރި އިނާޔަތްތަކުގެ ތެރެއިން އިތުރު އިނާޔަތްތައް އަލުން ދިނުމަށްވެސް ނިންމާފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައި އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް ވަނީ އެވޯޑު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *