މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއަށް ސައުދީ ސަރުކާރުން 1،000 ހައްޖު ކޯޓާ ދީފިއެވެ.
އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސައުދީ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާ ރަސްމީ 1،000 ކޯޓާ މިހާރު ލިބިފައިވާ ކަމަށެވެ.
މީގެއިތުރުންވެސް އިތުރު ހައްޖު ކޯޓާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ވަނީ ވިދާޅުވެފައެވެ.
ރާއްޖެއަށް 1،000 ކޯޓާ ލިބިފައި މިވަނީ ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހައްޖަށް ގެންދާ މީހުންގެ އަދަދު ލިމިޓް ކުރުމަށްފަހުއެވެ. މިދިޔަ އަހަރު ހައްޖަށް ދިޔުމަށް ރާއްޖެ ލިބުނީ 453 ކޯޓާއެވެ.
Post Views: 54