މިދިޔަ ހުކުރު ދުވަހުގެ ރޭ މަލޭގެ ފިހާރައެއް ތެރޭގައި މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައިގައި މީހަކު ހައްޔަރުކޮށް، 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ، މާރާމާރީގައި އަމަލީ ގޮތުން ބައިވެރިވި އެކަކު ރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި 20 އަހަރުގެ ޒުވާނާގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.
ހުކުރު ދުވަހުގެ މާރާމާރީގައި ޒަހަމްވި 30 އަހަރުގެ މީހާ އޮތީ އައިޖީއެމްއެޗްގެ އައިސީޔޫގައި، ވެންޓިލޭޓަރުގައެވެ.
Post Views: 76