ހަފްތާ ބަންދުގައި ބުކިންއާ ނުލައި މިހާރު ކުޑަގިރިއަށް ދެވޭނެ

Screenshot 2023-02-27 144127

ހަފްތާ ބަންދުގައި ކ.ކުޑަގިރިއަށް ދުރާލައި ބުކިން ނުހައްދައި ދެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެޗްޑީސީން ބުނީ، ހަފްތާ ބަންދުގައި ކުޑަގިރިއަށް ފެރީތައް ފުރާ ގަޑިއަށް ފުރަތަމަ އަންނަ މީހުންނަށް އިސްކަން ދެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

ނަމަވެސް އެޗްޑީސީން ބުނީ، ދަތުރުގޮސް ބޭނުންކުރާ އަށި ފަދަ ތަންތަން ނެގުމަށް ކުޑަގިރި އެޕްލިކޭޝަނުން ބުކިން ހަދަން ޖެހޭނެ ކަމަށާއި، އެރަށުގައި ހަދާފައިވާ ރޫމްތައް ބޭނުންކުރުމަށްވެސް ދުރާލާ ބުކިން ހައްދަން ޖެހެއެވެ.

ކުޑަގިރިއަށް ދަތުރުދާން ބޭނުންވާ ފަރާތްތަކަށް ދަތުރުގެ ކުރިން، އެދަތުރެއް ދާން ބޭނުންވާ ދުވަސް ބަލައިގެން ކުރިން ބުކް ކުރެވޭ ގޮތަށް "ކުޑަގިރި" ނަމުން ނަން ދީފައިވާ ހާއްސަ އެޕްލިކޭޝަނެއް ވަނީ ހަދައިފައެވެ. އަދި ކުޑަގިރީގެ ވެބްސައިޓް އިން ހުރިހާ މައުލޫމާތެއް ލިބޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *