ރޯދައަށް ހާއްސަކޮށް ހިޔާ ސަރަހައްދުގައި ވަގުތީ މާރުކޭޓެއް!

a4e81fdf-875d-430a-8caf-67ed55d9b916

މިދިޔަ އަހަރެކޭވެސް އެއްފަދައިން ރޯދަ މަހަށް ހާއްސަކޮށް ހުޅުމާލޭ ފޭސް 2 ސަރަހައްދުގައި ވަގުތީ މާރުކޭޓެއް ހެދުމަށް އެޗްޑީސީން ނިންމައިފިއެވެ.

އެޗްޑީސީން ބުނީ، ހިޔާ ސަރަހައްދުން ވަގުތީ މާރުކޭޓަށް 18 ގޮޅި ދިނުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން 9 ގޮޅި ހާއްސަ ކުރެވިފައި ވަނީ ހިޔާ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ކަމަށެވެ. އަދި ބާކީ ނުވަ ގޮޅި އާންމުކޮށް ހުޅުވާލައިގެން އިއުލާން ކުރެވިގެންދާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

ރޯދަ މަހަކީ ގިނަ އަދަދަކަށް މިފަދަ ހިދުމަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވާ މަހަކަށް ވެފައި، ވަގުތީ މާރުކޭޓާއެކު ހިޔާ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެ ލާބަ އާއި ފައިދާއަށް އެޗްޑީސީން ވަނީ މާލެ ސިޓީ ކައުންސިލަށް ފޭސް 2 އިން ވަގުތީ މާރުކޭޓެއް ހުޅުވުމަށް ބިން ހަމަޖައްސައިދީފައި ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

މީގެއިތުރުން ވިނަރެސް އިމާރާތުގެ ކޮމާޝަލް ބްލޮކްގައި އެސްޓީއޯގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ޔުނިޓެއް ކަނޑައެޅި ވަނީ މިދިޔަ މަހު ހަވާލުކޮށްފައި ކަމަށާއި، އެޗްޑީސީން ހުރިހާ މުއައްސަސާތަކަށްވެސް ދޭން ޖެހޭ އެއްބާރުލުން ދެމުން ގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *