ތެލަށް ކުރާ ހޭދައިން 20އަށް މިލިއަން ކުޑަކުރެވޭ ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއު ފަށައިފި

Solar-panel

ހުޅުލެ-ހުޅުމާލޭ ލިންކް ރޯޑްގައި ގާއިމުކުރާ ފަސް މެގަވޮޓްގެ ސޯލާ ޕީވީ ނިޒާމުގެ އަމަލީ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ.

މި މަޝްރޫއު އަކީ ވޯލްޑް ބޭންކުގެ އެހީގައި އެންވަޔަރަމަންޓް މިނިސްޓްރީ އިން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުބަލް އެނާރޖީ (އެސްޕަޔާ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއުއެކެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ. އެ ކުންފުނިން ވަނީ ސޯލާ ޕީވީ ޖެހުމަށް ލިންކް ރޯޑްގު މެދުގައި އޮންނަ އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ސްޓީލް ސްޓަރކްޗަރ އެއް ގާއިމުކޮށްފައެވެ.

އެ ޕެނަލްތަކުން ކަރަންޓް އުފެއްދަށް ފަށާނެ ކަމަށް އަންދާޒާ ކުރެވެނީ އަންނަ އަހަރުގެ ދެ ވަނަ ކުއާޓަރުގައި ކަމަށްވެއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މިއަދު ފެށިގެން ދިޔަ މަޝްރޫއު އަކީ ރާއްޖޭގައި މިހާތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލާ ޕީވީ ނިޒާމެއް ގާއިމްކުރުމުގެ މަޝްރޫއު ކަމަށެވެ.

އަދި ބުނީ މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ކުޑަކުރެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *