ހދ. ކުނބުރުދޫގައި ގާއިމުކުރާ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، ހދ. ކުނބުރުދޫ ގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީއާ މިދިޔަ އަހަރު ހަވާލުކުރި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ކުނި ޖަމާކުރާ ޝެޑްގެ ރޫފިންގ މަސައްކަތްތައް ކަމަށްވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، ކުނި ޖަމާކުރާ ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި މި މަޝްރޫއަށް 7.67 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.
Post Views: 63