ނ.މަނަދޫ މަގު ހެދުމުގެ މަސައްކަތް ޕްލޭނިން މިނިސްޓްރީން އާރްޑީސީއާ ހަވާލުކޯށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަހްމަދު ޝާހިދު އެވެ.
މި މަޝްރޫއު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ 450 ދުވަހުން ނިންމާ ގޮތަށް 75.73 މިލިއަން ރުފިޔާއަށެވެ.
މި މަޝްރޫއުގެ ދަށުން 4.2 ކިލޯމީޓަރުގެ މަގުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމު ގާއިމުކޮށް މަގުބައްތި ހަރުކުރާނެ އެެވެ.
Post Views: 97