ރާއްޖެއިން އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރަނީ

large_15683844776xQIo

ރާއްޖެއިން އަލުން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރަން ނިންމައިފިއެވެ.

ރާއްޖެއިން އިރާނާއެކު ސިޔާސީ ގުޅުން ގާއިމުކުރަން ނިންމާފައި މިވަނީ ސައޫދީ އަރަބިއްޔާ އާއި އިރާން އިން ސިޔާސީ ގުޅުން ގާއިމުކުރުމަށް ނިންމުމާއެކު އެކަމަށް މަރުހަބާ ކިޔަމުންނެވެ.

ސައުދީ އާއި އިރާން އިން ސިޔާސީ ގުޅުން ގާއިމުކޮށް ދެ ގައުމުގެ ސިޔާދަތަށް ހުރުމަތްތެރިކޮށް ހިތުމާއި، ގައުމުތަކުގެ ދާހިލީ ކަންކަމާ ނުބެހުމަށް ވަނީ އެއްބަސްވެފައެވެ. އަދި މި ދެ ގައުމު ސުލްހަވާން ނިންމީ ޗައިނާ މެދުވެރިއެއްގެ ގޮތުގައި އޮވެގެން ބޭއްވި މަޝްވަރާތަކަށް ފަހުގަ އެވެ.

އީރާނާއެކު އެންމެ ފުރަތަމަ ރާއްޖެ އިން ސިޔާސީ ގުޅުން ގާއިމްކުރީ 1975 ވަނަ އަހަރުގެ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2016 ވަނަ އަހަރު މެދުއިރުމަތީގެ ސުލްހަޔާއި ހަމަޖެހުން ގެއްލޭ ފަދަ ކަންކަން އިރާނުން ކުރާ ކަމަށް ބުނެ އެ ގައުމާއެކު އޮތް ގުޅުން ކަނޑާލިއެވެ.

Leave a Reply

Your email address will not be published. Required fields are marked *