މި ސަރުކާރުން ތަރައްގީކުރި ގދ.ފަރެސްމާތޮޑާ އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓް ފްލައިޓް ޖެއްސުމަށް ހަމަޖެހިއްޖެއެވެ.
ފަރެސްމާތޮޑާ އެއާޕޯޓް ޓެސްޓް ކުރުމަށް މޯލްޑިވިއަންގެ ޑޭޝް 8 މަރުކާގެ ބޯޓެއް ބޭނުން ކުރުމަށް ހަމަޖެހިފައިވާއިރު، މި ބޯޓު ހޯމަ ދުވަހު 15:45 ގައި އެއާޕޯޓްގައި ޖައްސާނެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކޮށްފައި ވަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއަށް 144 މިލިއަން ރުފިޔާ ވަނީ ހަރަދުވެފައެވެ.
އެތެރޭގެ އުދުހުންތަކަށް ހާއްސަކޮށްގެން ތަރައްގީކުރި ފަރެސްމާތޮޑާ އެއާޕޯޓުގައި 1200 މީޓަރުގެ ރަންވޭއެއް ވަނީ ގާއިމުކޮށްފައެވެ. އަދި މި އެއާޕޯޓްގައި ވަނީ ރޭގަނޑު ފްލައިޓް ޖެއްސުމަށް ބޭނުންވާ ލައިޓްވެސް ޖަހާފައެވެ.
Post Views: 82