މަތީ ތައުލީމް ހާސިލް ކުރުމަށް ދޫކުރާ ސްޓޫޑެންޓް ލޯނަށް 1،507 އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ބުނީ، މިއަދު މެންދުރު 13:30 އާ ހަމަޔަށް ސްޓޫޑެންޓް ލޯނަށް 720 ފުރުސަތު ހުޅުވާލާފައިވާއިރު، ޖުމްލަ 1،507 އެޕްލިކޭޝަން ވަނީ ސުންގަޑި ހަމަވިއިރު ލިބިފައި ކަމަށެވެ.
The application submission for Higher Education Loan Scheme 2023 closed at 13:30hrs, today (15th March 2023). We received a total of 1507 applications for the 720 slots announced under this scheme. pic.twitter.com/GYFxwhvkoD
— Ministry of Higher Education (@MoHEmv) March 15, 2023
ހަޔަރ އެޑިއުކޭޝަނުން ސްޓޫޑެންޓް ފުރުސަތު ހުޅުވާލީ މިދިޔަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުއެވެ. މިފަހަރު ސްޓޫޑެންޓް ލޯނަށް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލީ ދަރިވަރުންގެ ޑިމާންޑް އެންމެ ބޮޑަށް އޮތް ދާއިރާތަކަށް ފުރުސަތު އިތުރުކޮށްގެންނެވެ.