ރައީސް ސޯލިހު ވެގެންދާނީ ދައުރެއްގެ ތެރޭގައި 6 އެއާޕޯޓް ހުޅުވާ ފުރަތަމަ ރައީސް: އާޒިމް

284580_85ca08a7-4_

ރައީސް ސޯލިހު ވެގެންދާނީ ދައުރެއްގެ ތެރޭގައި 6 އެއާޕޯޓް ތަރައްގީކޮށް، ހުޅުވާ ފުރަތަމަ ރައީސަށް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ފަރެސްމާތޮޑާ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އާޒިމް ވިދާޅުވީ، މި ސަރުކާރުން ހއ.ހޯރަފުށީ އެއާޕޯޓާއި، ގދ.ފަރެސްމާތޮޑާ އެއާޕޯޓްގެ އިތުރުން މާވުރުލު އެއާޕޯޓް ތަރައްގީ ކޮށްފައިވާ ކަމަށާއި، ފ.މަގޫދޫ އެއާޕޯޓާއި، މ.މުލީ އެއާޕޯޓުގެ އިތރުުން ރ.އަލިފުށީ އެއާޕޯޓްގެ މަސައްކަތް މި އަހަރު ނިންމާލެވޭނެ ކަމަށެވެ.

މުލީ އެއާޕޯޓްގެ ރަންވޭގެ ތާރު އެޅުމުގެ މަސައްކަތް އެޕްރީލް މަހު ފެށުމަށް ނިންމާފައިވާއިރު، ފ.މަގޫދޫ އެއާޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ އަދި ރ.އަލިފުށީ އެއާޕޯޓްގެ ރަންވޭގައި ތާރު އެޅުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ފެށޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އާޒިމް ވިދާޅުވީ، ހދ.ކުޅުދުއްފުށީ އެއާޕޯޓްގައި ރޭގަނޑު ފްލައިޓް ޖެއްސޭ ގޮތަށް ލައިޓް ހަރު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރަންވޭގެ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް އަންނަ އެޕްރީލް މަހު ނިންމާލެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *