މާލެއިން ގެއްލިގެން ހޯދަމުންދިޔ ކ. މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު (46އ) ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އަހުމަދު ނާޝިދު ގެއްލިގެން ހޯދަން މިއަދު މެންދުރު އިއުލާންކޮށްފައިވާއިރު، މާގިނައިރުތަކެއް ނުވަނީސް ފުލުހުން ވަނީ އޭނާ ފެނިފައިވާ ކަމަށް ބުނެފައެވެ.
މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން އަޙްމަދު ނާޝިދު ވީނުވީއެއް ނޭނގި ގެއްލިގެން އޭނާގެ އާއިލާއިން ފުލުހުންނަށް ރިފޯޓްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެއެވެ.
Post Views: 61