ރައީސް އޮފީހުގެ މިނިސްޓަރުކަމުން އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒް ވަކިކޮށްފިއެވެ.
ޝިފާޒު މިނިސްޓަރުކަމުން ވަކިކުރިކަން އިތުބާރުހުރި މަސްދަރަކުން "ތޭވީސް" އަށް ކަށަވަރުވެފައިވާއިރު، އޭނާ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމަށް ޝިފާޒް އައްޔަން ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 22 ވަނަ ދުވަހުއެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުއާ ދެކޮޅާށް ރައީސް ނަޝީދަށް ތާއިދުކުރެއްވި ޝިފާޒް ޕްރައިމަރީން ރައީސް ނަޝީދު ބަލިވުމުންވެސް ރައީސް ސޯލިހުއާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.
Post Views: 79