އެޗްޑީސީ ސީއެސްއާރް ޓީމުގެ ހިތްގައިމު ޕާކެއް ހުޅުމާލެ ރައްޔިތުންނަށް

22a65132-5e06-424f-a80b-8d4de1ca2c29

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ސީއެސްއާރް ޓީމުން ހުަޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ޕާކެއް ހަދައި ހުަަަޅުވައިފިއެވެ.

މި ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވާދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. މި ރަސްމިއްޔާތުގައި އެޗްޑީސީގެ އެމްޑީ އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެޗްޑީސީން މި ޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ. އަދި އެ ސަރަހައްދުގެ ރައްޔިތުންނަށް އެޗްޑީސީން ވަނީ ތަރާވީހެއްވެސް ބާއްވާފައެވެ.

ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ މި ޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަފާފައިވާ ހޮޅުއަށްޓެއް ހަދާފައިވުމެވެ. އަދި މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށްފައި މިނީ ފުޓްސަލް ދަނޑެއްވެސް އެތަނުގައި ވަނީ ހަދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *