ޖަޕާނުގެ 2 މަނަވަރު ރާއްޖެއަށް ޒިޔާރަތްކޮށްފި

4457

ޖަޕާން މެރިޓައިމް ސެލްފް ޑިފެންސް ފޯސްގެ މަނަވަރު "ޖޭއެސް އަވަޖި" އަދި "ޖޭއެސް އުރަގަ" މިއަދު ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ތިން ދުވަހުގެ މުއްދަތަށް މި ދެ މަނަވަރު ރާއްޖެއަށް ކުރާ މި ޒިޔާރަތަކީ ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމުގެ ގޮތުން ކުރާ ރަޙްމަތްތެރިކަމުގެ ޒިޔާރަތެކެވެ. އަދި މި ޒިޔާރަތުގައި އެމްއެންޑީއެފްގެ ލީޑަރޝިޕާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ދެ މަނަވަރަށް މާލެ ބަނދަރުން މަރުޙަބާ ދެންނެވުމުގެގޮތުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް މުޙައްމަދު ރިޒްމީ ވަލީދުވަނީ މި ދެ މަނަވަރަށް ޒިޔާރަތްކޮށް މަނަވަރުގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސްޓާފް އޮފިސަރުންވެސް ވަނީ ބައިވެރިވެލައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *