ހއ.ދިއްދޫ ބަނދަރު ހެދުން: 70 އިންސައްތަ މަސައްކަތް ނިމިއްޖެ

Fscm-5FWAAAEiDT

ހއ.ދިއްދޫ ބަނދަރު ހެދުމާއި، ޖެޓީ ހެދުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ، މަޝްރޫއުގެ ދަށުން އެއްގަމުތޮށީގެ ވޭރިއޭޝަން މަސައްކަތް މިހާރު ވަނީ ނިމިފައިވާ ކަމަށާއި، އަދި އައު ހާބަރ ބޭސިން ފުންކުރުމުގެ 92 އިންސައްތަ މަސައްކަތް މިހާރު ވަނީ ފުރިހަމަ ކުރެވިފައި ކަމަށެވެ.

މި މަޝްރޫއުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ. ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން މި މަޝްރޫއަކީ 70.59 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *