އެޗްޑީސީ ރީބްރޭންޑްކޮށް، "އާބަންކޯ" އަށް ނަން ބަދަލުކޮށްފި

e5a5501e-fcd4-4f20-8177-b1f4771c583d

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭޏްޑްކޮށް، "އާބަންކޯ" އަށް ނަން ބަދަލުކޮށްފިއެވެ.

އެޗްޑީސީ ރީބްރޭންޑް ކޮށްފައި މިވަނީ އެ ކުންފުނީގެ 22 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އެ ކުންފުނީގެ "އާބަންކޯ" މޯބައިލް އެޕްލިކޭޝަން ލޯންޗް ކޮށްފައިވާއިރު، މި އެޕާއެކު ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ފަސޭހަވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އާބަންކޯއިން ބުނީ، މި އެޕްލިކޭޝަންގެ ތެރެއިން އާންމުންނަށް ވަގުތުން މައްސަލަތައް ރިޕޯޓުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، އަދި ކޯޕަރޭޝަންގެ މަސައްކަތްތައް ބަލާލުމާއި، އިވެންޓްތައް ބަލާލުން، ބެލެންސް ޗެކްކޮށްލުން ފަދަ ހުރިހާ އާންމު ހިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކޮށްފައިވާއިރު،، އެ ކުންފުންޏަކީ މައެކަނި ހުޅުމާލެއަށް ހިދުމަތް ދެމުން އައިސް، ބިޔޯންޑް ހުޅުމާލޭގެ ފުޅާ ވިސްނުމަކާއި، އެކު މިހާރު އެ ކުންފުނީގެ ދަށުން ކުޑަގިރި އަދި ތިލަފުއްޓާއި ގުޅީފަޅުގެ މަސައްކަތްތައް ވެސް ފެށި، މަޑުމަޑުން މުޅި ރާއްޖެއަށް ޚިދުމަތްދޭ ކޯޕަރޭޝަނަކަށް ހެދުމަށް މިހާރު މި އަންނަނީ މަސައްކަތްކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *