ނ.ވެލިދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ ބޮޑު މަގުގައި ސްޓޯމް ވޯޓަރ ކަލްވެޓް ލައިން އެޅުމުގެ މަސައްކަތް ކަމަށް އާރްޑީސީން ބުނެފިއެވެ.
އާރްޑީސީން ބުނީ، މި މަޝްރޫއުގެ ދަށުން ޗާންދަނީ މަގުގައި ސްޓޯމް ވޯޓަރ ހޮޅި އެޅުމުގެ 95 އިންސައްތަ ނިމިފައިވާއިރު، ސޯސަން މަގުގައި ޓްރީޕީޓް ބެހެއްޓުމުގެ 97 އިންސައްތަ މަސައްކަތް ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 5 ކިލޯ މީޓަރު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމުކޮށް، މަގު ބައްތިވެސް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މިމަޝްރޫ އަކީ 88,540,833.87 ރުފިޔާގެ މަޝްރޫއެއް ކަމަށް އެޗްޑީސީން ބުނެއެވެ.
Post Views: 68