ރާއްޖެ އާއި ޗައިނާއާ ދެމެދު 4 އެއްބަސްވުމެއްގައި ސޮއިކޮށްފި

FsstO1BaQAAwhI6

ރާއްޖެ އާއި ޗައިނާއާ ދެމެދު ހަތަރު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު ފޮރިން މިނިސްތްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މަޝްރޫތައް ހިންގުމަށް ރާއްޖެއިން ސޮއިކޮށްފައި ވަނީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޖެންސީއާއެކުއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގައި ހިމެނެނީ ފޮރިން އަތޮޅު ތެރޭގައި ގާއިމުކުރާ ހަތަރު ހޮސްޕިޓަލެއްގައި ފީސިބިލިޓީ ހަދައި އިމާރާތްކުރުމުގެ އެއްބަސްވުމަކާއި، 2025 އާ ހަމަޔަށް ރާއްޖޭގައި މަޝްރޫއުތައް ހިންގުމާ ގުޅޭ އެއްބަސްވުމެއްގެ އިތުރުން ގައުމީ ދާރުލް އާސާރާއި ބްރިޖް މަރާމާތުކުރުމުގެ އެއްބަސްވުމެއްގައެވެ.

މި އެއްބަސްވުންތަކުގައި ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް އެޖެންސީގެ ޗެއާމަން ދިން ބޯ ޖިންއެވެ.

Leave a Reply

Your email address will not be published. Required fields are marked *