އެޕްރީލްގެ ފުރަތަމަ 5 ދުވަހު ރާއްޖެއަށް 31,609 ފަތުރުވެރިން ޒިޔާރަތްކޮށްފި

image_750x_5f0f5707a8605

މި ހިނގާ އެޕްރީލް މަހުގެ ފުރަތަމަ ފަސް ދުވަހު ރާއްޖެއަށް 31,609 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެޕްރީޅް މަހުގެ 1 އިން 5 ގެ ނިޔަލަށް ރާއްޖެއަށް 31،609 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރަށްވުރެ 24 އިންސައްތައިގެ ކުރިއެރުމެކެވެ.

އެޕްރީލް މަހު ރާއްޖެއަށް އެވްރެޖުކޮށް ދުވާލަކު 6.322 ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖުކޮށް 8.2 ދުވަސް މަޑު ކުރެއެވެ.

ރާއްޖެއަށް މި އަހަރު މިހާތަނަށް 555.537 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 21.6 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެވްރެޖުކޮށް 8.0 ދުވަސް މަޑުކުރެއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޠާރަތްކުރާ ލިސްޓުގެ އެއްވަނައިގައި ރަޝިއާ އޮތްއިރު، ދެވަނައިގައި އޮތީ އިންޑިއާއެވެ. ތިންވަނައިގައި ޔޫކޭ އޮތްއިރު، ހަތަރުވަނައިގައި އޮތީ އިޓަލީއެވެ. އަދި ފަސް ވަނައިގައި އޮތީ ޖަރުމަނެވެ.

Leave a Reply

Your email address will not be published. Required fields are marked *