ހއ.އިހަވަންދޫ ސްކޫލްގެ މަލްޓި=-ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ނިމުމަކާ ހަމަޔަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މަޝްރޫއުގެ 90 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި، އަދި މަޝްރޫއުގެ ދަށުން ރޫފިންގ އާއި ޕްލާސަޓަރިންގ މަސައްކަތް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ.
މަޝްރޫއުގެ ދަށުން ސައިޓުގައި މިވަގުތު ދަނީ ފިނިޝިން މަސައްކަތް ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.
އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޯޣަސްޓް މަހުގެ ތެރޭގައި 7.75 މިލިއަން ރުފިޔާއަށެވެ.
Post Views: 68