މާލެ ސަރަހައްދުން މި ހިނގާ އެޕްރީލް މަހު 11 ވަނަ ދުވަހު ރެކޯޑު އަދަދަކަށް ކަރަންޓް ބޭނުން ކޮށްފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި މަހުގެ 11 ވަނަ ދުވަހު 92.5 މެގަވޮޓަށްވުރެ މަތިން ކަރަންޓް ބޭނުން ކޮށްފައިވާ ކަމަށާއި، މިއީ މިހާތަނަށް މާލެ ސަރަހައްދުން އެންމެ ގިނައިން ކަރަންޓް ބޭނުންކުރި ދުވަސް ކަމަށެވެ.
April 11 vana dhuvahakee mihaathah emme ginain karrant male area ga beynun kuri dhuvas 92,5MW ah vure mahchah dhiya, kuriah oi 2 hafthaaga adhi ves ithuru vumuge furusath bodu, @STELCOMALDIVES ga 120MW ufendhumuge gabilu kan huri namaves karrent igthisaadhu kurahvaa pic.twitter.com/J07CS7mqb2
— Ahmed Shareef (@ShareefRangondi) April 22, 2023
"ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ކަރަންޓް ބޭނުންކުރާވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ" ޝަރީފް ވިދާޅުވިއެވެ.
މީގެއިތުރުން ސްޓެލްކޯގައި 120 މެގަވޮޓްގެ ކަރަންޓް އުފެއްދުމުގެ ގާބިލްކަން ލިބުނު ނަމަވެސް ކަރަންޓް އިގްތިސޯދު ކުރުމަށް ޝަރީފް ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިދުވަސްވަރަކީ ރާއްޖެއަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމާއެކު، ކަރަންޓް ބޭނުންކުރާވަރު ވަނީ އިތުރުވެފައެވެ.