އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނާުް ސީންހް ރަސްމީ ދަތުރުފުޅެއްގައި މާދަމާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެއްހިއްޖެއެވެ.
މާދަމާ އިން ފެށިގެން ބުދަ ދުވަހުގެ ނިޔަލަށް އިންޑިއާގެ ޑިފެންސް މިނިސްޓަރ ރަޖްނާުް ސީންހް ރާއްޖެއަށް ކުރައްވާ މި ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު، ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ ދީދީ އާއި ފޮރިން މިނިސްޓްރ ޝާހިދުއާއެކު ބައިލެޓްރަލް ޓޯކްސްވެސް ރަޖްނާުް ސީންހް ކުރިޔަށްގެންދަވާނެއެވެ.
މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިޔަށްގެންދާ މަޝްރޫއުތައް ރަޖްނާުް ސީންހް ބައްލަވާލެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ދަތުރުފުޅުގައި ރާއްޖޭގެ ދިފާއީ ބާރަށް ޕާސްޓް ޕެޓްރޯލް ވެސެލް ޝިޕްއަކާއި ލޭންޑިންގ ކްރާފްޓްއެއްވެސް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.