ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާ ގުޅިގެން މިއަދުން ފެށިގެން ކުރިޔަށް އޮތް ހުކުުރު ދުވަހު އަދި ހޮނިހިރު ދުވަހު މެދުރާއްޖެ ތެރެ އާއި ދެކުނުގެ ސަރަހައްދަށް ވައި ބާރުވެ، ކަނޑުތައް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ބުނީ، އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދު ބާރު މިނެއްގައި ވައި ޖެހި، ވިލާގަނޑުގައި 40 މޭލާއި 50 މޭލާ ދެމެދު ބާރު މިނެއްގައި ވައި ގަދަވެ، ކަނޑު ގަދަވެ، އުދަ އެރުންވެސް އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.

މިއާއެކު ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށާއި، އަދި ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުން ކުޑަކުރަން ރައްކާތެރި ފިޔަވަޅު އެޅުމަށް އިލްތިމާސްކުރާ ކަމަށް މެޓް އޮފީހުން ބުނެއެވެ.