މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އިސް ހަތް މެމްބަރަކު ޕާޓީން އިސްތިއުފާދެއްވައިފިއެވެ.
މިއަދު އެމްއާރްއެމް އިން ވަކިވުމަށް އެދި 8 މެމްބަރުން އެއްކޮށް ސޮއިކޮށްފައި ފޮނުވި ސިޓީގައި ވަނީ އެމްއާރްއެމްގެ މެމްބަރުކަމުންނާއި، ޕާޓީގެ މަގާމުތަކުން އިސްތިއުފާދީފައިވާކަމަށް ބުނެފައެވެ. އަދި އެ މެމްބަރުން ވަނީ އެމްއާރްމްގެ ބާނީގެ ހައިސިއްޔަތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެދެއްވި އެހީތެރިކަމާއި، އެއްބާރުލުމަށް ޝުކުރު ވަނީ އަދާކޮށްފައެވެ.

އެމްއާރްއެމްއިން އިސްތިއުފާދެއްވި މެމްބަރުން:
- މުހައްމަދު ފައިސަލް – ޔޫއއީގެ ޑެޕިއުޓީ އެމްބެސެޑަރު
- ތަޒްމީލް އަބްދުއްސަމަދު – އެމްޓީޑީސީގެ އެމްޑީ
- މުހައްމަދު ރާއިދު – އެމްއައިޓީޑީސީގެ އެމްޑީ
- އަބްދުލް ވަހީދު އަހުމަދު – ސީނިއާ އެގްޒެކިއުޓިވް ޑިރެކްޓަރ
- ޝަޒާއިލް ޝިއާމު – މޯލްޑިވްސް ގޭސްގެ އެމްޑީ
- އިބްރާހިމް ފަރުހާދު – ޓޫރިޒަމް މިނިސްޓްރީގެ ޕޮލިސީ ޑައިރެކްޓަރ
- އިސްމާއިލް ނާއިލް ނަޝީދު – ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަންސ
- ހަސަން ހަންނާން އަހްމަދު – އެމްއާރްއެމްގެ އެކްސްކޯ މެމްބަރ
އެމްއާރްއެމް އިން އިސްތިއުފާ ދެއްވި މެމްބަރުންގެ ތެރޭގައި ސަރުކާރު މަގާމުތަކުގައި ތިއްބެވި މެމްބަރުން ހިމެނޭއިރު، އެ މެމްބަރުން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ތާއީދު ކުރައްވަން ނިންމަވާފައެވެ.
Post Views: 64