ކުވައިތު ފަންޑުން ތަރައްގީކުރާ 7 ހޮސްޕިޓަލްގެ މަސައްކަތް ހަވާލުކޮށްފި

big_Jwqs25NhIptja7uqHr8LH7hrA

ކުވައިތު ފަންޑުގެ އެހީގައި ރާއްޖޭގައި ތަރައްގީ ކުރާ ހަތް ހޮސްޕިޓަލެއްގެ މަސައްކަތް ދެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ހޮސްޕިޓަލް އެޅުމަށް ކޮންޓްރެކްޓަރުންނާއެކު ސޮއިކޮށްފައި ވަނީ ހދ.ހަނިމާދޫއާއި، ށ.މިލަންދޫއާއި، ނ.ވެލިދޫއާއި، ކ.ތުލުސްދޫއާއި، އދ.މާމިގިލީއާއި ވ.ފެލިދޫގެ އިތުރުން ތ.ވިލުފުށީގައި 30 އެނދުގެ ހޮސްޕިޓަލުގެ ތަރައްގީ ކުރުމުގެ މަސައްކަތެވެ.

މިގޮތުން ށ.މިލަންދޫއާއި، ނ.ވެލިދޫއާއި، ކ.ތުލުސްދޫގެ ހޮސްޕިޓަލް މަސައްކަތް ޙަވާލުކޮށްފައިވަނީ އާނަންޑް ބިލްޑް ޓެކް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވާއިރު، ހދ.ހަނިމާދޫއާއި، ވ.ފެލިދޫއާއި، ތ.ވިލުފުށީގެ އިތުރުން އދ.މާމިގިލީގެ ހޮސްޕިޓަލްގެ މަސައްކަތް ޙަވާލުކޮށްފައިވަނީ ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑާއެވެ.

ޒަމާނީ ފެންވަރަށް ތަރައްގީކުރާ މި ހޮސްޕިޓަލްތަކުގައި އެންމެ ފަހުގެ ވަސީލަތްތައް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު،  މި ހަތް ހޮސްޕިޓަލުވެސް ތަރައްގީކުރަނީ ތިމާވެއްޓާއި ރައްޓެހި ހަކަތަ ބޭޏުންކުރާގޮތަށް ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *