ފ.ބިލެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

Fw42NOOakAIsWeJ

ފ.ބިލެއްދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރުއު ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި އޮތް ރަސްމިއްޔާތެެއްގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 450 ދުވަސް ތެރޭގައި ނިންމަން 66.96 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫޢުގެ ދަށުނ،ް 45,100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއ،ި 2,900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއ،ި 419 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއ،ި 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއ،ި 258 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 224 މީޓަރުގެ ސަރަޙައްދެއްގެ އެތެރޭ ރިވެޓްމެންޓްގައި ވެލިބަރުކޮށްފައިވާ ބޭރުތޮށްޓެއް ލުމާއ،ި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއ،ި 133 މީޓަރު ދިގު 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމާއ،ި ބަނދަރު ބައްތި ހަރުކުރުމާއ،ި 2,977 އަކަ މީޓަރުގެ ޕޭވްމަންޓެއް ހެދުމާއ،ި 617 މީޓަރުގެ ކަރބް ސްޓޯން ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ބިލެއްދޫއަށް ޖާގަ ތަނަވަސް ބަނދަރެއް މުސްތަޤުބަލުގައި ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއ،ި ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެއް ކަމުގައި އެމްޓީސީސީން ބުނެއެވެ.

މީގެއިތުރުން ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބ،ި ކޮންކްރީޓް ޖެޓީއެއް އިތުރުކުރެވ،ި ކޮޅުވެއްޓި ފަދަ އުޅަނދުތައްވެސް ކައިރިކުރެވޭނެ ފަދަ ރޭމްޕެއް ބަނދަރަށް އިތުރުވުމާއެކު، އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް ބަނދަރު ތަރައްޤީވުމާއެކު މުސްތަޤުބަލުގައި ބިލެއްދޫ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *