އައްޑޫ ހިތަދޫ ޒޯން 2 ގެ ޑްރެޖިންގ މަސައްކަތުގެ ޓްރައިލް ލޯޑް އެޅުން ނިމިއްޖެ

FxdDye4aAAAspDB

އައްޑޫ ސިޓީއަށް ބިން އިތުރުކުރުމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީ ހިތަދޫ ޒޯން 2 ގެ ޑްރެޖިންގ މަސައްކަތުގެ ޓްރައިލް ލޯޑް އެޅުމުގެ މަސައްކަތް ނިމިއްޖެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ، މިދިޔަ އާދީއްތަ ދުވަހު HAM318 ޑްރެޖަރު އައްޑޫ ސިޓީގައި ވަނީ މޮބިލައިޒް ކޮށްފައި ކަމަށާއި، ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މަރަދޫ އަދި މަރަދޫ-ފޭދޫ ސަރަޙައްދުން ކަމަށެވެ.

މިހާތަނަށް މަރަދޫ، މަރަދޫ-ފޭދޫގެ ބަންޑް އެޅުމުގެ މަސައްކަތް ނިމިފައިވާއިރު ހިތަދޫ ޒޯން 1 އަދި 2 ގެ ބަންޑު އެޅުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި، އަދި ޓޫރިޒަމްއަށް ތަރައްޤީކުރުމަށް ވަކިން ހިއްކާ ރަށްތަކުގެ ތެރެއިން 2 ރަށެއްގެ ބަންޑު މަސައްކަތް ނިމި، ތިންވަނަ ރަށުގެ ބަންޑު އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން. 4 ލޭން ލިންކް ރޯޑްގެ އެމްބޭންކްމަންޓުގެ މަސައްކަތުގެ ބޮޑުބައެއްވަނީ ނިމިފައިކަން ފާހަގަކޮށް ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތްތައް ކުރަނީ އީއައިއޭގައިވާ ގޮތުގެ މަތިން މޮނިޓަރިން އަދި މިޓިގޭޝަންގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްފަހުއެވެ. މިގޮތުން ބިން އިތުރުކުރެވޭ ސަރަޙައްދުގައި ހުރި 70،000 މުރަކަ ކޮލޮނީ ރައްކާތެރި ސަރަޙައްދަށް ބަދަލުކުރުމުގެ މަސައްކަތް ވަނީ ނިންމާލެވިފައި ކަމަށްވެސް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

އައްޑޫ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިން ބޭންކުން ހަމަޖައްސާފައިވާ 800 މިލައިން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ތެރެއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *