ނަރުހުން ސްޕެޝަލައިޒްކުރުމަށް 15 ސްކޮލާޝިޕް ފުރުސަތު

graduation

ސްޕެޝަލިސްޓް ނަރުހުން ރާއްޖެއިން ބޭރުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން 15 ސްކޮލާޝިޕް ފުރުސަތު ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަނުން ބުނީ، މިއީ ދިވެހި ނަރުހުން މާސްޓަރސް ޑިގްރީ ލެވެލްއަށް ރާއްޖެއިން ބޭރުގައި ތަމްރީނުވެ ސްޕެޝަލައިޒްވުމަށް ހުޅުވާލާ 15 ސްކޮލާޝިޕް ކަމަށާއި، އެ ސްކޮލާޝިޕްތައް ސާކް ގައުމެއްގައި ނުވަތަ މެލޭޝިޔާ ނުވަތަ ފިލިޕީންސްގައި ކިޔަވައިދޭ މަރުކަޒެއްގައި ކިޔެވޭނެ ކަމަށެވެ.

ކޯހުގައި ކިޔެވުމަށް ޖާގަހޯދުމަށް ހަމަޖެހިފައިވަނީ ސްކޮލަރޝިޕް ލިބޭފަރާތްތަކުން އަމިއްލައަށްކަން ފާހަގަކޮށް މިނިސްޓްރީން ބުނީ ޖާގަހޯދުމުގައި މޯލްޑިވްސް ނާރސިންގ ކައުންސިލުން އަދި މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުކުރާ ކިޔަވައިދޭ މަރުކަޒެއްކަމާއި އަދި ކޯހެއްކަން ކަށަވަރުކުރަންވާނެ ކަމަށެވެ.

މި ސްކޮލަރޝިޕްގައި ކިޔެވުމަށް ޖާގަ ހޯދުމަށް 6 މަސްދުވަސް ލިބޭއިރު މި ސްކޮލަރޝިޕްގައި ކިޔެވުމުގެ ހުރިހާ ޚަރަދެއް ސަރުކާރުން ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.އެ ގޮތުން ކޯސްފީގެ އިތުރުން މަރުކަޒު ހުންނަގައުމަކަށް ދެކޮޅު ޓިކެޓް، މަހުންމަހަށް ގައުމުތަކަށް ކަނޑައެޅިފައިވާ ރޭޓުން ސްޓައިޕެންޑް، ބުކް އެލަވަންސް، އެސްޓަބްލިޝްމަންޓް އެލަވަންސް، ޑިޕާރޗަރ އެލަވަންސް، އިންޝުއަރެންސް ޚަރަދާއި އަދި ވިސާ ޚަރަދު ހަމަޖައްސައިދެވޭނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސްކޮލަރޝިޕް ތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ވަގުތަކީ 29 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13.00އެވެ.

Leave a Reply

Your email address will not be published. Required fields are marked *