ނަޝީދުގެ ސިކުނޑިއެއް ހުރެ، އެ ބޭނުންކުރަން ނޭގުނު: ރޮޒޭ

ahevln1uitl0hvpmikrkzz3mjtmnn7ekwrgfeqa1-1024x661-1

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް ސިކުނޑިއެއް ހުރެ، އޭގެ ބޭނުން ކުރައްވަން ނޭގުނު ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރ އަދި އެމްޑީޕީ އަންހެނުންގެ ރޫހު ރައީސާ ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ސިކުނޑި ބޭނުން ކުރައްވަނީ ރާއްޖެއަށް އިންގިލާބީ ބަދަލާއި ތަސައްވަރު ގެންނަވަން ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒް ފަހުމީ ވިދާޅުވި ވާހަކައަށް ރައްދު ދެއްވަމުން ރޮޒޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް ނަޝީދަކީ ސިކުނޑިއެއް އިނދެގެން އޭގެ ބޭނުން ކުރަން އެނގޭ ނަމަ، ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް ނިންމާނެ ބުއްދި ހުންނާނެ ކަމަށާއި، މަޖިލިސް ރައީސްކަން ދިނީމާ އިތުބާރު ފަސް އަހަރު ހަމަވަންދެން ހިފެހެއްޓުނީސް ކަމަށެވެ.

މީގެއިތުރުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް އިށާރާތްކުރައްވާ ރޮޒޭ ވިދާޅުވީ، ބުއްދީގެ ބޭނުން ކުރަން އެނގުނު ނަމަ އެމްޑީޕީގެ މެމްބަރުންގެ އިތުބާރުވެސް ހިފެހެއްޓުނީސް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގައި ހުރެގެން މަޖިލިސް ކުރިޔަށް ގެންދަވަން ހުރަސް އަޅުއްވާ، ގަވައިިދާ ހިލާފުވެފައިވާތީ މަޖިލިސް ރައީސްކަމުން ނަޝީދު ވަކިކުރަން އިތުބާރު ނެތްކަމުގެ މައްސަލައެއް 54 މެމްބަރުންގެ ސޮޔާއެކު މަޖިލީހަށް ވަނީ ވައްދާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *