ޖުޑީޝަރީ މީހުން ސިޔާސީ ކަންކަމުގައި އުޅުން އަދިވެސް މަނާވާނެ: ޑީޖޭއޭ

big_rAsYWWImT0sMJ0mYPP8WhNUKG_1472108046-1024x683-755x435

ޝަރުއީ ދާއިރާގެ މުވައްޒަފުންނަކީ ސިޔާސީ ކަންކަމުން އެއްކިބާވެގެން ތިބެންޖެހޭ ބައެއް ކަމަށާއި، އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން އެކަން ބަދަލުވެފައި ނުވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ.

އަލަށް އަމަލުކުރަން ފެށި ކޯޑް އޮފް ކޮންޑަކްޓްގެ ދަށުން ޝަރުއީ ދާއިރާގައި އުޅޭ މުވައްޒަފުންނަށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެވޭ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާތީ، ޑީޖޭއޭ އިން ވަނީ އެކަން ދޮގުކޮށްފައެވެ.

ޑީޖޭއޭ އިން ބުނީ، ސިޔާސީ ޕާޓީއެއްގެ މެމްބަރަކަށްވުމާއި، ޕާޓީއެއްގެ އިންތިހާބުގައި ވޯޓުލުމާއި، ތިމާގެ މީހަކު ވޯޓުލާ މަރުކަޒަށް ގެންދިޔުމަކީ އެއްވެސް އިރެއްގައި މަނާ ކަންކަމެއް ނޫން ކަމަށައި، އުވާލެވުނު "ބާބު 27 ޝަރުއީ ދާއިރާގެ މުވައްޒަފުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުން" ގައިވެސް ކަން އޮތީ އެގޮތަށް ކަމަށެވެ.

މީގެއިތުރުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އައު ކޯޑް އޮފް ކޮންޑަކްޓްސްގައިވާ ގޮތުން ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އިމްޕާޝަލިޓީއާ ބެހޭގޮތުން އުފެދިދާނެ އެއްވެސް ކަމެއް ކުރުން މަނާކުރެވިފައިވާ ކަމަށާއި، އޭގެ ތެރޭގައި ސިޔާސީ ކަންކަމާއި އެ ނޫން ހަރަކާތްތައްވެސް ހިމެނޭ ކަމަށް ޑީޖޭއޭއިން ބުނެއެވެ.

މި ކޯޑާއެކު ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ގަވައިދު 2011 ގައި ބަޔާންކޮށްފައިވާ ބައެއް ކަންކަމުގެ ސަބަބުން މިހާރު ދިމާވަމުންދާ އެތައް ކަމަކަށް ހައްލު ލިބި އޮޅުންތައް ފިލައި މުވައްޒަފުންނަށް ކަންކަން ސާފުވާނެ ކަމަށްވެސް ޑީޖއޭޭއިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *