މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ.މުހައްމަދު މުއިޒުއަށް ލިބިފައިވާ ބައެއް ބާރުތައް ގެއްލޭ ގޮތަށް ކައުންސިލްގެ ހިންގާ ގަވައިދު އިސްލާހުކޮށްފިއެވެ.
ކައުންސިލްގެ ހިންގާ ގަވައިދަށް ގެނެވުނު އިސްލާހާއެކު މާލޭގެ އާންމު ހުސް ޖާގަތަކާއި، ބިންތަކާއި، ޕާކްތަކާއި، މަގުތަކަށް ބަދަލު ގެނައުމަށް ނުވަތަ އެ ތަންތަން ތަރައްގީ ކުރުމަށް ނުވަތަ ވަކި ބަޔަކަށް އެކަށައެޅުމަށް ނުވަތަ ކުއްޔަށް ދިނުމަށް ނުވަތަ އެ ތަންތަނުގެ ހިދުމަތުގެ ގަޑި ބަދަލު ކުރުމަށް ނިންމުމާއި، ކައުންސިލުން ފޯރުކޮށްދޭ ހިދުމަތްތަކަށް ނަގާ ފީއަކަށް ބަދަލު ގެނައުން އަދި ކައުންސިލަށް އާމްދަނީއެއް ލިބޭނެ ކަމެއް ނިންމޭނީ ކައުންސިލްގެ އާންމު ރަސްމީ ބައްދަލުވުމަކުން ފާސްކޮށްގެންނެވެ.
![](https://theyvees.com/wp-content/uploads/2022/12/300x250.jpg)
މި އިސްލާހު ކައުންސިލް މެމްބަރަކު ހުށަހަޅައި، ކައުންސިލްގެ އަގުލަބިއްޔަތުން ފާސްކޮށްފައި ވަނީ މޭޔަރު މުއިޒް އަމިއްލަ މަންފާއަށް ކައުންސިލްގެ ބަހެއް ނުހޯދައި ވަކި ގޮތްތަކަކަށް ކަންކަން ނިންމާކަމުގެ ތުހުމަތުތަކާއެކުގައެވެ.