މިފްކޯއަށް މަސް ކިރާ އަދަދު %26 އިތުރުވެއްޖެ

ފެލިވަރު-ފިޝަރީސް-ކޮމްޕްލެކްސް-ފިޝަރީޒް-މިފްކޯ-މަސް-mifco-felivaru-fisheries-complex-މަސްވެރިކަން-މަސްދަޅު-4547-1024x684

މިފްކޯއަށް މަސް ކިރާ އަދަދު މިދިޔަ އަހަރަށްވުރެ 26 އިންސައްތަ އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މިފްކޯއިން ބުނީ، މި އަހަރު ޖެނުއަރީ 1 އިން ޖޫން 30 ގެ ނިޔަލަށް މިފްކޯއަށް 39،607 މެޓްރިކް ޓަނުގެ މަސް ކިރާފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 26 އިންސައްތައިގެ ކުރިއެރުމެއް ކަމަށެވެ. އަދި މިދިޔަ އަހަރު އެ މުއްދަތުގައި މިފްކޯއަށް ކިރާފައި ވަނީ 31،408 މެޓްރިކް ޓަނުގެ މަސް ކަމަށް އެ ކުންފުނިން ބުނެއެވެ.

މިފްކޯގެ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްއަށް 4،844 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު ތިން އިންސައްތައިގެ ކުރިއެރުމެކެވެ. އަދި ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 30،412 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 26 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެއިތުރުން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 4،351 މެޓްރިކް ޓަނުގެ މަސް ކިރާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 68 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ޖެނުއަރީ އިން ޖޫންއަށް އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކިރާފައި ވަނީ 2،595 މެޓްރިކް ޓަނުގެ މަހެވެ.

މިފްކޯއިން ވަނީ މި އަހަރު ޖޫން މަހުގެ ނިޔަލަށް މަސްވެރިން އަތުން ގަތް މަހަށް 659،417،099 ރުފިޔާ ދޫކޮށްފައި ކަމަށް އެ ކުންފުނިން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *