ސީރިއާގައި ތިބި ދިވެހި އާއިލާތައް އަންނަ މަހު ގެންނާނަން: ރައީސް

2023-07-09 13.57.46

ސީރިއާގައި ތިބި ދިވެހި އާއިލާތައް އަންނަ މަހު ރާއްޖެ ގެންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ.ކޮމަންޑޫއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ، ސީރިއާގައި އެކަނިވެރިވެފައި ތިބި މައިންނާއި ކުޑަކުދިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަންނަ އޯގަސްޓް މަސް ނިމުމުގެ ކުރިން އެންމެން ރާއްޖެ ގެނެވޭނެ ކަމަށެވެ.

"ސީރިއާގައި 70 ދިވެހިން ވަނީ މަރުވެފައި. 100 އަށްވުރެ ގިނަ ދިވެހިން ހަނގުރާމައިގައި އުޅޭ. އެމީހުންގެ އާއިލާތައް ތިބީ އެތަނުގައި ބިކަވެފައި. އެތަނުގައި އެކަނިވެފައި ތިބި މައިންނާއި ކުޑަކުދިން އަންނަ މަސް ނިމުމުގެ ކުރިން ރާއްޖެ ގެންނާނަން" ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ސިރިއާގައި ހާލުގައި ޖެހިތިބި ހަތަރު ކުދިން ހިމެނޭ އާއިލާއެއް ރާއްޖެ ގެނެސް، ރިހެބިލިޓޭޝަން ޕްރޮގްރާމެއްގައި ބައިވެރިކޮށްފައެވެ. އެއީ 33 އަހަރުގެ އަންހެނަކާއި އޭނާގެ 18 އަހަރު ނުފުރޭ ހަތަރު ދަރިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *