ފަސޭހައިން ހިދުމަތް ދެވޭ "ވަންގަވް" ޕޯޓަލް ރައީސް އިފްތިތާހުކޮށްދެއްވައިފި

306812_1bbf7b01-7_

ދައުލަތުގެ އެކި އިދާރާތަކުން އެއް ފުރާޅެއްގެ ދަށުން ހިދުމަތް ލިބޭ "ވަންގަވް" ޑިޖިޓަލް ޕޯޓަލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހުކޮށްދެއްވައިފިއެވެ.

މިއަދު އިފްތިތާހުކުރި ޕޯޓަލްއިން އިކޮނޮމިކް މިނިސްޓްރީ، ޕްލޭނިން މިނިސްޓްރީ، ހެލްތު ޕްރޮޓެކްޝަން އެޖެނެސީ، ޓޫރިޒަމް މިނިސްޓްރީ އަދި ފުވައްމުލަކު ކައުންސިލުގެ ހިދުމަތް ލިބޭއިރު، ކުރިޔަށް އޮތް ދުވަސްތަކުގައި ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް މީގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަންގަވްގެ ޚިދުމަތާއެކު ޒަމާނުއްސުރެ ޚިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާންޖެހޭޖެހުމާއި ބޭނުންވާ ހުރިހާ މަޢުލޫމާތެއް ލިބޭގޮތް ނުވުމާއި ޚިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.

ވަން ގަވްގެ ހިދުމަތް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށް ލިބެން ހުންނައިރު، ވަންގަވްގެ ހިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ގާއިމްކޮށްފައިވެއެވެ. މިގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *