ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރެއް އެމްޓީސީސީން ރާއްޖެ ގެނެސްފި

369482_3_0f39616f68f8605f8bab4af813ca292cb743ed05_large

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް ދުވާލަކު ހެކްޓަރެއް ހިއްކޭނެ ގާބިލުކަން ލިބިފައިވާ ޑްރެޖަރެއް އެމްޓީސީސީން ރާއްޖެ ގެނެސްފިއެވެ.

ބެލްޖިއަމްގެ ކުންފުންފުންޏެއްގެ މި އުޅަނދު ރޭގެ ވަގުތެއްގައި ރާއްޖެ އައިސްފައިވާއިރު، އުޅަނދު އޮތީ ކަސްޓަމްސްގެ ކްލިއަރެންސްއަށް ހއ.އުލިގަމުގައި ބަނދަރުކޮށްފައެވެ. އަދި ކްލިއަރެންސް ނިމުމާއެކު ހއ.އިހަވަންދޫގެ ބިން ހިއްކުމުގެ މަޝްރޫއު ފެށުމަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގައި މިހާރު އޮތް ޑްރެޖަރަކީ ހަތަރު ދުވަހުން ހެކްޓަރެއް ހިއްކޭ ޑްރެޖަރެކެވެ. މިގޮތުން އަލަށް ގެނައި ޑްރެޖަރުގައި ހެކްޓަރެއް އެއް ދުވަހުން ނިންމުމުގެ ގާބިލްކަން ލިބިފައިވުމާއެކު އެމްޓީސީސީން ކުރިޔަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ދުވެލި ބާރުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އަލަށް ގެނައި ޑްރެޖަރު ބޭނުންކޮށްގެން ހިއްކާ 9 ރަށް:

  1. ހއ. އިހަވަންދޫ
  2. ށ. ކޮމަންޑޫ
  3. އއ. އުކުޅަސް
  4. އއ. ބޮޑުފޮޅުދޫ
  5. ރ. އުނގޫފާރު
  6. މ. ދިއްގަރު
  7. ފ. ފީއަލީ
  8. ކ. ދިއްފުށި
  9. ކ. ގުޅި

އެމްޓީސީސީން ބުނީ ޑްރެޖަރު ބޭނުންކޮށްގެން ނުވަ ރަށް ހިއްކުމުގެ މަސައްކަތް އަންނަ އޮކްޓޯބަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *