ރާއްޖޭގައި އިންޑިއާއިން ހިންގާ މަޝްރޫއުތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

F0vmWaNakAEsn7g

އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމަންޔަމް ޖައިޝަންކަރާ މަޝްވަރާ ކުރައްވައިފިއެވެ.

އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރުގެ ދައުވަތަކަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެކްސްޓާނަލް މިނިސްޓަރު ޑރ.ޖައިޝަންކަރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮންނަ ބަދަހި ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

މީގެއިތުރުން މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އެހީގެ ދަށުން ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށް މިނިސްޓަރު ޝާހިދު ކުރެއްވި ޓުވީޓުގައި ވަނީ ވިދާޅުވެފައެވެ.

މިއީ މި އަހަރު އިންޑިއާއަށް މިނިސްޓަރު ޝާހިދު ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންނެވި ދެވަނަ ފަހަރު ކަމަށްވާއިރު، މި ދަތުރުފުޅުގައި އިންޑިއާ ދެމެދު ރަސްމީ ބައްދަލުވުންތައް ކުރިޔަށް ގެންދިޔުމާއެކު ބައެއް އެއްބަސްވުންތަކުގައިވެސް ސޮއިކުރައްވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *