މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އެއް މިލިއަން ހުރަސްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ، މިއަދު އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ކިޔާފައިވާ ކަމަށާއި، އެއް މިލިއަން ވަނަ ފަތުރުވެރިޔާ އަކީ ޕަވްލޯވް ނަމަކަށް ކިޔާ ފަތުރުވެރިއެއް ކަމަށެވެ. އަދި އޭނާއާއެކު ރާއްޖެއަށް އޭނާގެ އަންހެނުންނާއި ދަރިފުޅުވެސް ވަނީ އައިސްފައެވެ.

ރާއްޖެއަށް މި އަހަރު ފަތުރުވެރިން އަންނަވަރު ކުރީ އަހަރާ އަޅާބަލާއިރު 13.5 އިންސައްތައަށްވުރެ މަތީގައި ހުރިއިރު، ރާއްޖެ އަންނަ ފަތުރުވެރިން 7.7 ދުވަހު ރާއްޖޭގައި މަޑުކުރެއެވެ. އަދި ދުވާލެއްގެ މައްޗަށް އެވްރެޖުކޯށް މި އަހަރު 5،000 އަށްވުރެ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެއެވެ.
Post Views: 59