ރައީސްގެ ކެމްޕޭން މެނޭޖަރަކަށް ބިގޭ އަދި ކެމްޕޭން އެޖެންޓަކަށް ނާޝިޒް

big_LdhsFbzTkuWh2xAOfpCIYoKVv

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން މެނޭޖަރަކަށް އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން (ބިގޭ) އަދި ކެމްޕޭން އެޖެންޓަކަށް ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ހަމަޖައްސައިފިއެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައިވަ ގޮތުން އިންތިހާބަށް ކުރިމަތިލައްވާ ކޮންމެ ކެންޑިޑޭޓަކު ވެސް ކުރިމަތިލުމުގެ ކުރިން އެ ބޭފުޅެއްގެ ރަސްމީ އިންތިހާބީ އޭޖެންޓަކު ކަނޑައަޅަންޖެހޭއިރު، އެ އޭޖެންޑްގެ ނަމާއި ދާއިމީ އެޑްރެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ.

ނިމިދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހުގެ ކެމްޕޭން މެނޭޖަރަކަށް މަސައްކަތް ކުރެއްވީ މެމްބަރު ނާޝިޒްއެވެ.

ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ. މިގޮތުން އަންނަ އޮގަސްޓް މަހުގެ ހަތް ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *