މަހިބަދޫ، މާއެނބޫދޫ އަދި މާވަށުގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

F149WV2aUAIuin3

އދ.މަހިބަދޫ، ދ.މާއެނބުދޫ އަދި ލ.މާވަށުގައި ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ވަކިވަކިން ބޭއްވި ރަސްމިއްޔާތުގައި ބިން ހިއްކުމުގެ އެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

މަހިބަދޫގެ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 240 ދުވަސް ތެރޭގައި ނިންމުމަށް 40.43 މިލިއަން ރުފިޔާއަށެވެ.

މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށާއި، މަޝްރޫއުގެ ދަށުން 22.3 ހެކްޓަރުގެ މަހިބަދޫއަށް 7 ހެކްޓަރުގެ ބިން އިތުރު ކުރާނނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ސޭންޑް ސާރޗް ސާވޭއެއްވެސް ކުރިޔަށްގެންދާނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މަހިބަދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ބޯހިޔާވަހިކަމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބ،ި ރަށުގައި އިޖްތިމާޢީ ހަމަޖެހުން ޤާއިމުވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 0 ދުވަސް ތެރޭ ނިންމުމަށް 76.76 މިލިއަން ރުފިޔާއަށެވެ.

މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއ،ި 15 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

މާއެނބޫދޫ ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ނިމުމާއެ ބޯހިޔަވެހިކަމުގެ ޝަކުވާއަށް ބޮޑު ހައްލެއް ލިބި އިޖްތިމާޢީ ގޮތުންނާއި އިޤްތިސާދީ ގޮތުން ރަށު ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

މާވަށު ބިން ހިއްކުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 240 ދުވަސްތެރޭގައި ނިންމުމަށް 61.46 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން ސޭންޑް ސަރޗް ސަރވޭއެއް ހެދުމާއ،ި 15 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ ކަމަށާއި، އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *