މިދިޔަ 5 އަހަރު ފުރިހަމަ މާނައިގެ މިނިވަންކަން ގާއިމުކުރެވުނު: ރައީސް

309324_459090e0-a_

ދިވެހިރާއްޖޭގެ ސިޔާސީ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، މިދިޔަ ފަސް އަހަރަކީ، ކޮންމެ ދިމާއަކަށް ނަޒަރު ހިންގިޔަސް، ފުރިހަމަ މާނައިގެ މިނިވަންކަން ޤާއިމުވެފައި އޮތް ފަސް އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ. މިދިޔަ ފަސް އަހަރަކީ ރާއްޖޭގެ ސިޔާސީ މިނިވަންކަން ފުރިހަމަށް ރައްކާތެރިކުރެވުނު ފަސް އަހަރު ކަމަށާއި، އަދި ހާރިޖީ މިނިވަންކަން އެންމެ ވަރުގަދަ ފަސް އަހަރު ކަމަށެވެ. 

މިއާއެކު، ދާހިލީ މިނިވަންކަން އެންމެ ފުޅާގޮތެއްގައި މިދިޔަ ފަސް އަހަރު ލިބިދެވުނުއިރު، ފަރުދުންގެ ޒާތީ މިނިވަންކަން، އެއްވެސް ހިފެހެއްޓުމެއް ނެތި މިދިޔަ ފަސް އަހަރު ތެރޭގައި ކަށަވަރު ކޮށްދެވިފައިވާ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ. 

މިނިވަންކަމުގެ ޙަޤީޤީ އުފަލަކީ، އެ މީހެއްގެ ޒާތަށް ލިބެންޖެހޭ މިނިވަންކަން ޙާޞިލުވުމުގެ އުފާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މިނިވަންކަންމަތީގައި ޤައުމު ދެމިއޮތަސް، ޤައުމީ ދިދައިގެ ހިޔަލުގައި ވެގެން އުޅޭ ރައްޔިތުންގެ ޒާތަށް ލިބެންޖެހޭ މިނިވަންކަމަކީ މުޅިން ތަފާތު އެއްޗެއް ކަމަށެވެ.

މީގެއިތުރުން އެއީ އެ ފަރުދެއްގެ ދިރިހުރުމާއި ދިރިއުޅުމުގެ ހައްގާ ގުޅިފައިވާ އަސާސީ އަދި ޒަރޫރީ މުހުތާދުތައް ފިލުވޭނެ ގޮތް ކަމަށާއި، އަދި ހަމަ ކޮންމެ ރައްޔިތަކަށް ދައުލަތުގެ ފަރާތުން ހަމަޖައްސައިދީފައި އޮންނަ އޮތުން ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

"ދިވެހިން އެދިއެދި ތިބި މަންޒިލަކީ، 21 ވަނަ ޤަރުނުގެ ތަރައްޤީ. އެ މަންޒިލާ ދިވެހި ރައްޔިތުންނާ ދެމެދަށް ހުރަސްވެފައި އޮތީ، ދިވެހި ރައްޔިތުން އުޅެންޖެހިފައިވާ ޙާލަތު. މާތް ﷲގެ ވާގިފުޅާއެކު މިދިޔަ ފަސް އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ އަމާޒަކަށް ހެދީ، އެ ޙާލަތު ބަދަލުކޮށް ތަރައްޤީގެ ސަރާސަރު ރާސްތާއަށް ދިވެހިން ނެރެދިނުން" ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ، ޢިލްމު އުނގެނުމާއި މަތީ ތަޢުލީމް ޙާޞިލުކުރުމުގެ ފުރުޞަތު ނުލިބޭ އެންމެ ދިވެހި ދަރިއަކު ވެސް މިހާރު ނުހުންނާނެ ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ކަމަށާއި، މީގެ ކުރިން ތަނަވަސްވެފައި ނެތް މިންވަރަށް، ދިވެހި ޒުވާނުންނަށްޓަކައި ފުރުޞަތުތައް ފަހިކޮށްދީފައިވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *