ގއ.ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މުޅި މަސައްކަތުގެ 85 އިންސައްތަ ނިމިފައިވާ ކަމަށާއި، އަދި ރަންވޭ، ޓެކްސީވޭގެ އިތުރުން އެޕްރަންގެ މަސައްކަތުގެ 93 އިންސައްތަ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމްކުރަން ވަނީ ހަވާލުކޮށްފަ އެވެ.
Post Views: 35