ށ. ކޮމަންޑޫ ޝޯޕްރޮޓެކްޝަން ރެކްޓިފިކޭޝަންއާއި މަތިކޮމަންޑޫ ކަނެކްޓިވިޓީ މަޝްރޫޢުގެ ދަށުން ށ. މަތި ކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނީ، މަތިކޮމަންޑޫގެ ބިން ހިއްކުމުގެ މަސައްކަތް ހުކުރު ދުވަހު ފަށާފައިވާ ކަމަށާއި، ބިން ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޗަރޓަރކުރެވިފައިވާ ޑްރެޖަރ ”ފިލިޕޯ ބްރުނެލޭޝީ“ އިން ކަމަށެވެ. އަދި މަތި ކޮމަންޑޫ ހިއްކުމަށް މި ޑްރެޖަރ މޮބިލައިސްކުރެވިފައި މިވަނީ ހއ. އިހަވަންދޫގެ ބިން ހިއްކާ ނިންމުމަށްފަހު ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އެމްޓީސީސީން ބުނީ، މި މަޝްރޫޢުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކައި 200 މީޓަރު ދިގުމިނުގެ ލިންކަކުން ކޮމަންޑޫ އަދި މަތިކޮމަންޑޫގައި ހިއްކާ ސަރަޙައްދު ގުޅުވާލުން ހިމެނޭ ކަމަށާއި، އަދި 1690 މީޓަރުގެ ޝޯރ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުންވެސް ހިމެނޭ ކަމަށެވެ.
މި މަޝްރޫއަށް 249.90 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށްވެސް އެމްޓީސީސީން ބުނެއެވެ.