ރައީސްގެ ވައުދު މާއުނގޫދޫއަށް: މަގު ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، މިސްކިތެއް އަޅައިދޭނަން

IMG_0205

ކުރިޔަށް އޮތް ދައުރުގައި ށ.މާއުނގޫދޫގެ މަގުތައް ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް، މިސްކިތެއް އަޅައިދެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ށ.މާއުނގޫދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، މާއުނގޫދޫ ރައްޔިތުންނަކީ އަބަދުވެސް ތަރައްގީ ބޭނުންވާ ރައްޔިތުން ކަމަށާއި، ކުރިޔަށް އޮތް ދައުރުގައި ރަށުގެ ބޮޑެތި މަގުތައް ހަދައި، ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް އަންހެނުންގެ ހާއްސަ ޑޮކްޓަރަކު ބަހައްޓަދޭނެ ކަމަށެވެ. އަދި ރަށުގެ ރައްޔިތުން ބޭނުންވާ ގޮތަށް ޒަމާނީ މިސްކިތެއްވެސް އަޅައިދެއްވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ.

މާއުނގޫދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް އެދެވޭ ސްޕީޑްގައި ކުރިޔަށް ނުދާކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ، އެ މަސައްކަތް ކޮންޓްރެކްޓަރަށް ނުނިންމޭނަމަ ކޮންޓްރެކްޓް ބާތިލްކޮށް، ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކޮށްގެންވިޔަސް މަސައްކަތް ނިންމާނެ ކަމަށެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ގޮތް ނިންމާއިރު ކުރީގެ އަނިޔާވެރި ކަމަށް އަނބުރާ ދާނީތޯ ނުވަތަ މިހާރު މި އޮތް ހަމަޖެހުމާއެކު ކުރިޔަށަދާނީތޯ ނިންމަން ޖެހޭ ކަމަށާއި، ސަރުކާރުން މި ދައުރުގައި ކޮށްފައިވާ މަސައްކަތުގެ ނަތީޖާ ކުރިޔަށް އޮތް ދެތިން އަހަރު ފެންނާނެ ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *