ރީ-ރަޖިސްޓްރި ކުރުމުގެ މުއްދަތު މިރޭ 10 ޖެހުމާ ހަމައަށް އިތުރުކޮށްފި

F0062okaAAA3ohJ

ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ ވަގުތު މިރޭ 10:00 ޖެހުމާ ހަމައަށް އިތުރުކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދު ހަވީރު 4 ޖެހުމާއަށް ހަަމަވެފައިވާއިރު، މިރޭ 10:00 ޖެހުމާ ހަމައަށް ވަގުތު އިތުރުކޮށްފައިވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް އޮންލައިންކޮށް ރީ-ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތުގައި 22،800 އަށްވުރެ ގިނަ ފޯމް ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *