މާލޭގެ އެކި ސަރަހައްދަށް އުދަ އަރާތީ ސަމާލުވާން އެދިއްޖެ

F2w-F69aoAAtUrH

މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން އަންނާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ، މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރަމުން އަންނަ ކަމަށާއި، ހާއްސަކޮށް މާލެ އާއި ހުޅުމާލެ އާ ދެމެދު އުދައެރުން ހުއްޓެންދެން ޒަރޫރީ ދަތުރުތައް މެނުވީ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ޒަރޫރީ ދަތުރުތައް ކުރުމަށްވެސް ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރެއްވުމަށް ފުލުހުން އެދެއެވެ.

މާލެ އާއި ހުޅުމާލެއާ ދެމެދު އުދަ އެރުމުގެ ސަބަބުން ދަތުރުކުރާ ފަރާތްތައް ދަތިތައް ކުރިމަތިވަމުން އަންނައިރު، ރާޅު އަރައި ބައެއް ސައިކަލުތަކާއެކު ދަތުރުކުރި މީހުން ވެއްޓި އެކި ވަރުގެ އަނިޔވެސް ވަނީވެފައެވެ.

މެޓް އޮފީހުން ވަނީ ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހިސާބަށް އުދަ އަރާނެ ކަމަށް ލަފާކޮށް އިރުއޮއްސި 06:30 އާ ހިސާބަށް ހުދު ސަމާލު ނެރެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *